ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް >

ށ.ބޮލިއްސަފަރު ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު

ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 954.00
ހިމާޔަތްކުރި ތާރީޙް: 17 ޖޫން 2019
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2019/150

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:



ބައުންޑްރީގައި ހިމެނޭ ރަށްތައް: ށ. ބޮލިއްސަފަރު

ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

ބޮލިއްސަފަރަކީ، ށ.ކީކިމިނީގެ ދެކުނަށް އޮންނަ، ދިގު ފިނޮޅެއްލާފައިވާ 26 ހެކްޓަރުގެ ރަށެކެވެ. މިރަށަކީ އައިންމަތީ ދޫނި ގިނަ އަދަދަކަށް ޖައްސާ ފިނޮޅެކެވެ. އެގޮތުން މިއީ ގިނަ އަދަދަކަށް ވައްލަ ޖަމާވާ އަދި ވައްލަ ވިހާ އާލާވާ ފިނޮޅެކެވެ. މިރަށުގެ ގޮނޑުދޮށަކީ ވެލާ އަދި ކަހަބު ބިސް އަޅާ ސަރަހައްދެކެވެ. މިރަށުގައި މުޅިންވެސް ހެދިފައިވަނީ ކުރެދި ގަސްތަކެވެ. މިރަށަކީ ހުދު ދޮންވެލި ތުނޑިއެއްވާ ސަރަހައްދެއްކަމުން، މިއީ އާންމުންގެ މެދުގައި މަގުބޫލު ތުނޑިއެކެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން:

  1. ރަށާއި ވަށައިގެންވާ ފަޅާއި، ފަރަށް އާއްމުން / ފަތުރުވެރިން ޒިޔާރަތްކުރުން
  2. ޓޫރިޒަމް އަދި މުނިފޫހި ފިލުވުން ޕިކްނިކް ދިއުން އަދި އެއްގަމުން ތަންތަން ބެލުން
  3. ދިރާސާ ކުރުން
  4. ޓޫރިޒަމް އަދި މުނިފޫހި ފިލުވުން، މޫދަށް އެރި އުޅު
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. އެމަޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ހާލަތެއްގައި މެނުވީ ނަގިލިލުން
  2. ދޫނިސޫފާ ސޫފިހިފުމާއި ނެގުމާއި މެރުން އަދި މިފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން
  3. ވެލި، މުރަކަ، އަކިރި، ނެގުން
  4. ކުނި އެޅުން
  5. ދަނޑުވެރި ކަމުގެ މަސައްކަތްކުރުން
  6. ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
  7. އެކުއާ ކަލްޗަރ / މެރިކަލްޗަރ ގެ މަސައްކަތްކުރުން
  8. ގަސް ގަހާއި ގެހި ކެނޑުން، އުފުރުން ،ގެއްލުންދިނުން
  9. ރަށުން ބޭރުން ގެނެސްގެން އެއްވެސް ބާވަތެއްގެ ގަހެއް/އޮށެއް އިންދުން
  10. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  11. ބިންހިއްކުމާއި ފަޅު ފުންކުރުން
  12. އަލިފާން ރޯކުރުމާއި އެންދުން