ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 510.00
ހިމާޔަތްކުރި ތާރީޙް: 7 އޮކްޓޫބަރު 2018
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2018/262

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:



ބައުންޑްރީގައި ހިމެނޭ ރަށްތައް: ށ. ފަރުކޮޅު

ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

ށ.ފަރުކޮޅަކީ އުފެދިފައިވާ ގޮތަށް ބަލާއިރުވެސް އެހެން ރަށްރަށާއި ޚިލާފުގޮތަކަށް އުފެދިފައިވާ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. މިގޮތުން ރަށުގެ ބޮޑު ސަރަހައްދަކީ ކުޅި ޗަސްބިމުގެ މާޙައުލުތަކުން މުއްސަދިރަށެކެވެ. އަދި ހަމައެހެންމެ ރަށުގެ ބައްޓަން ހުންނަގޮތުން ކޮއްލަވާޏެއް އުފެދިފައިވާ ސަރަހައްދުތަކާއި ޖުމްލަގޮތަކަށް ބަލާއިރު ރަށެއްގައި ހުންނާނެ ހުރިހާ ޤުދުރަތީ ތިމާވެށީގެގޮތުން ޚާއްޞަ ސިފަތައް މިރަށުގައި ހުރުމަކީ މިރަށް އެހެންރަށްރަށާއި ތަފާތުވާ ސިފަތަކެވެ. މިރަށް ތިމާވެށީގެ ގޮތުން ޚާއްޞަވެފައިވާތީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ތައްޔާރުކޮށް އެކުލަވާލެވިފައިވާ 'އެންވަޔަރަންމަންޓަލީ ސެންސިޓިވް އޭރިއާސް ލިސްޓް'ގައި ހިމެނިފައެވެ. އަދި މިރަށުގެ ދިރޭތަކެތީގެ ނަސްލާއިބެހޭ މަޢުލޫމާތާއި ރަށުގައި ހުރި ނާޒުކު ސަރަހައްދުތަކާއި ދިރުންތައް ވަނީ ތަފާތު ދިރާސާތަކުގެ އަލީގައި ދެނެގަނެވިފައެވެ.

ފަރުކޮޅުގެ ޤުދުރަތީ މާޙައުލު 5 ބަޔަކަށް ބަހާލެވިފައެވެ. އެއީ:

  1. ރަށުގެ ގަސްފަށަލަތައް
  2. މޫދާއިގުޅިފައިވާކުޅި(ފިނިހަކަ ކުޅި)
  3. ލޮނާއި މީރުފެން އެކުލެވޭގޮތަށް މުޅިއެކު 7 ކުޅިއާއި ކުޅިވަށައިގެންވާ ޗަސްބިން
  4. ރަށުގެ ގޮނޑުދޮށް
  5. ރަށުގެ ފަޅާއިފަރުގެ މާޙައުލުތައް

ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

ބަފަރ ޒޯން އަދި ކޯ އޭރިއަގައި ހުއްދަ ކަންކަން:

  1. މުނިފޫހި ފިލުވުން، މޫދަށް އެރި އެޅުން، ވައިފުޅު އަޅައިގެން ފީނުން، ޕިކްނިކް ދަތުރު ދިއުން އަދި އެއްގަމުގެ ތަންތަން ބެލުން
  2. ހިކިފަން ހޮވުން
  3. ކާށި ހޮވުން
  4. ދަރު ހޮވުން

ބަފަރ ޒޯންގައި ހުއްދަ ކަންކަން:

  1. މަސްވެރިކަން: ކަނޑުގެ މަތީ ފަށަލައިގައި ވަދު އެޅުން
  2. ނަނު ފައްތައިގެން ފަރު މަސްވެރިކަން ކުރުން
  3. ދަނޑުވެރިކަމުގެ މަސައްކަތް
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް
  1. ފަތުރުވެރިން މަސްވެރިކަން ކުރުން
  2. ދާޖަހައިގެން މަސްހިފުން
  3. މަސްވިހައި އާލާވާ ތަންތަނުން މަސްވެރިކަން ކުރުން
  4. މަސްހިފުމަށް ދަގަނޑު ޖެހުމާއި މަސްހިފުމަށް ބަޑި ބޭނުންކުރުން
  5. ތިމާވެށްޓަށް ގެއްލުންވާފަދަ މަސްވެރިކަން (ކްލޮރިން، ޑައިނަމައިޓް، އަދި ސައިނައިޑް ފަދަ ތަކެތި މަސްވެރިކަން ކުރުމަށް ބޭނުންކުރުން)
  6. ނަގިލި ލުން (މޫރިން ބޮއެ އަޅާފައިވާ ސަރަހައްދުތަކުގައި އުޅަނދު އަޅަންވާނީ މޫރިން ބޮއެގައެވެ. އެހެން ސަރަހައްދުތަކަށް ނަގިލިލުމަކީ މަނާކަމަެއް)
  7. ބޮލިހިފުން / ބޮލިނެގުން (ވިޔަފާރި އަދި އާންމު ދިރިއުޅުމުގެ ބޭނުމަށް)
  8. ހުއިފިލަނޑާ ނެގުން
  9. މިޔަރުގެ މަސްވެރިކަން
  10. ދިރޭ ކުދިމަސް ހިފުން
  11. އެކުއޭރިއަމް ޓްރޭޑް
  12. އެއްވެސް ބޭނުމަކަށް އިހި ނެގުން
  13. ވެލާ ކަހަނބު އަދި އެތަކެތީގެ ބިސް ނެގުން
  14. ދޫނި އަދި އެތަކެތީގެ ބިސް ނެގުން
  15. ވެލި ނެގުން (ވިޔަފާރި އަދި އާންމު ދިރިއުޅުމުގެ ބޭނުމަށް)
  16. ގައު ނެގުން (ވިޔަފާރި އަދި އާންމު ދިރިއުޅުމުގެ ބޭނުމަށް)
  17. މުދަށާއި އަތިރިމައްޗަށް ކުނި އެޅުން
  18.  އެކުއަކަލްޗަރ މަސްކަތްތައް
  19. ގަސް ގަހާއި ގެހި ކެނޑުން ނުވަތަ އުފުރުން
  20.  ބިން ހިއްކުމާއި ފަޅުފުންކުރުން
  21. އެއްވެސް ބާއްވަތެއްގެ އެއްޗެއް އެޅުން ނުވަތަ އުކާލުން
  22. ދޫނިސޫފާއި ސޫފި ހިފުމާއި ނެގުމާއި މެރުން އަދި މިފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާޔަތް ގެއްލުން ދިނުން
  23. އަލިފާން ރޯކުރުމާއި އެންދުން