
© 2023 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
އިއުލާން/ގަވާއިދު ނަންބަރު: |
(IUL)438-ENV/438/2021/24
![]() |
ސިންގަޕޫރުން ރާއްޖެއަށް ކުރި ދަތުރެއްގައި، 13 ފެބުރުއަރީ 1981 ވަނަ ދުވަހު މާލެއަތޮޅު ހުޅުލޭ ފަރުގައި ޖެހުމަށްފަހު، އެފަރުގެ ހުޅަނގު ދެކުނަށް އަޑިއަށް ގޮސްފައިވާ މޯލްޑިވްސް ވިކްޓަރީ' އޭ ކިޔާ އާގުބޯޓަކީ ދިގުމިނުގައި 83 މީޓަރު ހުރި، ކާރގޯ އުފުލާ ބޯޓެކެވެ. މިބޯޓު އަޑިއަށް ދިޔަ ޙަދިސާއަށް މިއަދު 40 އަހަރު ފުރޭއިރު، މި އުޅަނދު މިހާރުވެފައިވަނީ އާޓިފިޝަލް' ފަރަކަށެވެ. މިގޮތަށް ފެތިފައިވާ ބޮޑެތި ސްޓްރަކްޗަރ ތަކުގައި ޢާއްމު ގޮތެއްގައި މުރަކަ އަށަގަނެ، އާލާވެއެވެ. އަދި މަސްމަހާމެހި އެތަނެއްގައި ވަޒަންވެރިވެއެވެ. 37 މީޓަރުގެ ފުންމިނުގައިވާ މި 'ރެކް' އަކީ، ގިނަ ޑައިވަރުން ދެކޭގޮތުގައި، މިފަދަ އެހެން ރެކް ތަކަށްވުރެ ގިނައިން ކަނޑުގެ ދިރުންތައް ފެންނަ ސަރަހައްދެކެވެ. މިއީ، ކަނޑުއޮޅިއެއް ކައިރީއަށް ފެތިފައިވާ ރެކް' އެއްކަމުން ނިއުޓްރިއެންޓްސް ނުވަތަ ކާނާ، މިތަނުގެ ދިރުންތަކަށް އަބަދުވެސް ލިބެމުންދެއެވެ. މިގޮތުން މި 'ރެކް' ތެރެއިން އެކި ބާވަތްތަކުގެ މުރަކައާއި، ބަތްޕޮޅިމަހާއި، ދޮންނޫމަހާއި، ފާނައިގެ އިތުރުން، ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ނަސްލުތަކުގެ ތެރޭގައި ހިމެނޭ ވެލާ ކަހަނބުވެސް ފެންނަކަމުގައި ރިކޯޑު ކުރެވިފައިއެވެ. 2019 ވަނަ އަހަރު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ކުރި ސާރވޭ އެއްގައި، 'ވިކްޓަރީ ރެކް' އިން ވަނީ 18 ޖަނަސްއެއްގެ މުރަކައާއި، 46 ސްޕީޝީޒްގެ މަސް ފެނި އެކަން ފާހަގަ ކޮށްފައެވެ.
މިހާރު މިސަރަހައްދަކީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މުޅި ދިވެހިރާއްޖޭގައި ވެސް އެންމެ މަޤުބޫލު އެއް 'ޝިޕްރެކް ޑައިވް'، މަންޒިލެވެ. މިއީ، ކަނޑުގެ ދިރުންތަކުން މުއްސަނދި މާހައުލަކަށް ވުމުގެ އިތުރުން، މިއީ ގިނަ ބަޔަކު ލޯބިކުރާ ދިވެހި ތާރީޚީ ތަރިކައެކެވެ. މިފަދަ ތަންތަން ގިނަ ދުވަހަށް ދެމެހެއްޓޭނެ ފަދައިން ޙިމާޔަތްކުރުމަކީ ދިވެހި ތާރީޚާއި ތިމާވެށި، އަދި އިޤްތިޞާދަށް ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަމެކެވެ.
މި ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް:
ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ހާއްސަ ހުއްދައަކާއެކު މެނުވީ ނުކުރެވޭ ކަންކަން