
© 2023 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
އިއުލާން/ގަވާއިދު ނަންބަރު: |
(IUL)438-ENV/438/2021/24
![]() |
ބައުންޑްރީގައި ހިމެނޭ ރަށްތައް: |
ކ. ކާށިދޫ |
ކ. ކާށިދޫ ޗަސްބިން ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ، ކަންޒުކަހަނބު ( Black Turtle / Melanochelys trijuga thermalis) ރާއްޖެއިން ފެންނަ ތިން ރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކަންޒުކަހަބު އުޅޭކަމަށް ރެކޯޑް ކުރެވިފައިވާ ސަރަހައްދެވެ. މިތަނުގައި ދިރިއުޅޭ ކަންޒުކަހަނބު ވަނީ ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން، 22 މެއި 2003 ގައި، ޙިމާޔަތްކޮށްފައެވެ. މި ސަރަހައްދުގައި ހިމެނޭ ގަސްގަހާގެއްސާއި މާހައުލަށް ރިޢާޔަތްކޮށް މި ސަރަހައްދު މައިގަނޑު 3 ބަޔަކަށް ބެހިގެންވެއެވެ. އެއީ، ކަނޑޫ ފާ، ކުއްޅަވައް ފާ، ކަށިކެޔޮ އަދި ރުއް ހިމެނޭ ވައު ސަރަހައްދެވެ. މި ސަރަހައްދުގައި ކުޅި، ފާ، ޗަސްބިމުގައި ހެދޭ ގަސްގަހާގެހީގެ ބާވަތްތަކުގެ ތެރެއިން ކަނޑޫ، ބޮނޑަވަކި، އަދި ކުއްޅަވައް ގިނަ ޢަދަދަކަށް ހެދިފައިވާކަން ފާހަގަކުރެވެއެވެ. ކަންޒުކަހަނބުގެ ކާނާގެ ގޮތުގައި ބޭނުން ކުރަނީ ވެއްޓިފައި ހުންނަ ކުއްޅަވައް ނުވަތަ ކަށިކޭލެވެ. އެހެންކަމުން، މި ސަރަހައްދުގައި ހިމެނޭ ކަށިކެޔޮ ވަލާއި، ކުއްޅަވައް ފަލަކީ ކަންޒުކަހަބު ދިރިހުރުމަށް އެތަކެތީގެ މައްޗަށް ބަރޯސާވާ ތިމާވެށީގެ ގޮތުން ޚާއްޞަ މާހައުލެކެވެ.
މި ސަރަހައްދުގައި ކުރުން ހުއްދަ ކަންކަން:
ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޚާއްޞަ ހުއްދައަކާއެކު ކުރުން ހުއްދަ ކަންކަން: