ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް >

ލ.ގަމު ބޮޑު ފެންގަޑު ސަރަހައްދު

ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 15.03
ހިމާޔަތްކުރި ތާރީޙް: 23 ޑިސެންބަރު 2021
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2021/371

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:



ބައުންޑްރީގައި ހިމެނޭ ރަށްތައް: ލ. ގަން

ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

ލ. ގަމު ބޮޑު ފެންގަނޑަކީ ކުޑަ ހިންނައިގެ އިރުމަތީ ފަރާތުގައި އޮންނަ "ރަން" ކުލައިގެ ފެންގަނޑެކެވެ. މިތަނަށް ޕަރީ ފެންގަނޑު ނުވަތަ ނަރަކަ ފެންގަނޑުވެސް ކިޔައެވެ. މި ތަނަކީ މި ރަށުގެ ތާރީޚާއި ގުޅިފައިވާ، އެ ފެންގަނޑަކާއި ގުޅިގެން އެކިއެކި ފުލޯކު ވާހަކަތައްވެސް ދެކެވޭ ފެންގަނޑެކެވެ. މި ފެންގަނޑުގައި ކުޅިފާ ޗަސްބިމުގައި ހެދޭ ބާވަތްތަކުގެ ގަސްގަހާގެހީގެ ތެރެއިން ރަނޑޫ ގިނަ އަދަދަކަށް ހެދިފައިވާކަން ފާހަގަހަގަކުރެވެއެވެ. އަދި ފެންގަނޑުގެ ވަށައިގެންވާ ސަރަހައްދުގައި ގިނަ އަދަދަކަށް ކިނބި ގަސް ހެދިފައިވެއެވެ. މި މާހައުލަކީ ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދޫންޏާއި ހިޖުރަކުރާ ދޫނިތަކުގެ ރައްކައުތެރިކަން ކަށަވަރު ކުރުމަށް މުހިއްމު މާހައުލެކެވެ. މީގެ އިތުރުން، މި މާހައުލުގައި ދަނޑިފުޅު ދޫނި ވިހާ އާލާވާކަމަށް ރިކޯޑް ކުރެވިފައިވެއެވެ. އަދި ކުޅި ފާ ޗަސްބިން ސަރަހައްދަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުޞަތު ކުޑަކޮށް ދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ. އަދި ހަމައެއާއެކު ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަންޑައިއޮކްސައިޑް ރައްކާތެރިކޮށް ހިފަހައްޓާ "ކާބަން" ސިންކް ތަކެކެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ހާއްސަ ހުއްދައަކާއެކު ކުރުން ހުއްދަ ކަންކަން:

  1. ޙިމާޔަތްކޮށްފައިވާ ސަރަހައްދަށް އާއްމުންނާއި ފަތުރުވެރިން ޒިޔާރަތްކުރުން
  2. އިކޯ ޓޫރިޒަމްގެ މަސައްކަތެއް ކުރުން
  3. ދިރާސާ ކުރުން
  4. ރެސްޓޮރޭޝަން ނުވަތަ ރީހެބިލިޓޭޝަންގެ ބޭނުމަށް އެއްވެސް ކަމެއް ކުރުން
  5. ހިކިފަން، ކާށި، ދަރު، މަދު ހޮވުން
  6. ކުޅި، ފާ، ޗަސްބިމުގައި ހެދޭ ގަސްގަހާގެހިން މޭވާ ފަދަ އެއްޗެތި ބޭނުން، ކެނޑުން ނުވަތަ އުފުރުން
  7. ލަކުޑިއާއި ދަނޑި ކެނޑުން
  8. ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް

މި ސަރަހައްދުގައި ހިމެނޭ އެންމެހައި ތަންތަނުގައި ކުރުން މަނާ ކަންކަން:

  1. އެއްވެސް އެއްޗަކަށް/ތަނަކަށް ގެއްލުމެއް ނުވަތަ ބަދަލެއް އަތުވެދާނެ އެއްވެސް ޢަމަލެއް ކުރުން
  2. އެއްވެސް އެއްޗެއް/ދިރުމެއް ނެގުން، މެރުން، ގޯނާކުރުން، ނުވަތަ ހިފުން
  3. އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ އަދި ހާއްޔަށް ގެއްލުން ދިނުން
  4. ކުނި އެޅުން
  5. އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުން
  6. މިތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަ ކުރުން
  7. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  8. މަސްމަހާމެއް ދޫނިސޫފާސޫފި ހިމެނޭ ގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާންއެޅުން.

މޫދު ސަރަހައްދުގައި ކުރުން މަނާ ކަންކަން:

  1. ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި، މައިން ކުރުން
  2. ބިން ހިއްކުމާއި ފަޅު ފުން ކުރުން
  3. ނަގިލި ލުން
  4. ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން
  5. އެކުއާކަލްޗަރ ނުވަތަ މެރިކަލްޗަރ ގެ މަސައްކަތްކުރުން
  6. ގައު، ވެލި، މުރަކަ، އަކިރި ނެގުން
  7. އެއްވެސް "ފޮލިއުޓެންޓެއް" ދޫކުރުން ނުވަތަ އަދި ބޭރުވާ ގޮތަށް އައުޓްފޯލް ބެހެއްޓުން

އެއްގަމުގެ ސަރަހައްދުގައި ކުރުން މަނާ ކަންކަން:

  1. ބޮޑުފެންގަނޑަށް ދިޔުމަށް ޚާއްޞަކޮށްފައިވާ ޗަކަ މަގުގައި އިންޖީނުލީ އުޅަނދު ދުއްވުން
  2. ގަސްގަހާގެހި ކެނޑުން، އުފުރުން، ގެއްލުންދިނުން
  3. ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
  4. މި ސަރަހައްދުގައި ހިމެނޭ ބާވަތްތައް ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ ގަހެއް އޮށެއް އިންދުން
  5. އަލިފާން ރޯކުރުން
  6. ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުން