
© 2023 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
އިއުލާން/ގަވާއިދު ނަންބަރު: |
(IUL)438-ENV/438/2021/371
![]() |
ބައުންޑްރީގައި ހިމެނޭ ރަށްތައް: |
ލ. މާބައިދޫ |
ލ. މާބައިދޫގެ އުތުރުކޮޅުގައި އޮންނަ މާބައިދޫ ކޯރު ސަރަހައްދަކީ މޫދާއި ގުޅިފައިވާ ލޮނުފެނުގެ ކުޅިއެކެވެ. މިއީ މޫދާއި ގުޅިފައިވާ ކުޅިއެއްކަމުން ފަރުގެ ދިރުންތައް ވިހާ އާލާވާ ނާސަރީއެއްގެ ދައުރު އަދާކުރެއެވެ. ކުޅިފާ ޗަސްބިމުގައި ހެދޭ ގަސްގަހާގެހީގެ ތެރެއިން ރަނޑޫ (Red Mangrove/Rhirophora mucronata)، އަދި ކަރަމަނަ (Yellow Mangrove/Ceriops tagal) މި ސަރަހައްދުގައި ހުރިކަމަށް ރެކޯޑް ކުރެވިފައިވެއެވެ. މި ޒޯންގައި ހިމެނޭ މޫދުވިނަ އަކީވެސް ވެލާ ކަހަނބުގެ ކާނާ ފޯރުކޮށްދޭ، އެތަކެތީގެ ދިރިހުރުމަށް މުހިއްމު ސަރަހައްދެކެވެ. މި ރަށުގެ ވަށައިގެންވާ ފަރާއި މޫދުވިނައިގެ ސަރަހައްދުން 6 ބާވަތެއްގެ މޫދު ވިނައާއި، 86 ބާވަތެއްގެ ފަރުމަސް ފެނިފައިވާކަމަށް ރެކޯޑް ކޮށްފައިވެއެވެ. މީގެ އިތުރުން، ކުޅިފާ ޗަސްބިން ސަރަހައްދަކީ ރަށުގެ ފެންފަށަލަ ތާޒާކޮށްދޭ، ރަށްގިރުމުން ސަލާމަތްކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުޞަތު ކުޑަކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެކެވެ. އަދި ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަންޑައިއޮކްސައިޑް ރައްކާތެރިކޮށް ހިފަހައްޓާ "ކާބަން" ސިންކް ތަކެކެވެ.
މި ސަރަހައްދުގައި ހިމެނޭ އެންމެހައި ތަންތަނުގައި ޚާއްޞަ ހުއްދައާއެކު ކުރެވޭނެ ކަންކަން:
މޫދު ސަރަހައްދުގައި ޚާއްޞަ ހުއްދައާއެކު ކުރެވޭނެ ކަންކަން:
އެއްގަމު ސަރަހައްދުގައި ޚާއްޞަ ހުއްދައާއެކު ކުރެވޭނެ ކަންކަން:
މި ސަރަހައްދުގައި ހިމެނޭ އެންމެހައި ތަންތަނުގައި ކުރުން މަނާ ކަންކަން:
މޫދު ސަރަހައްދުގައި ކުރުން މަނާ ކަންކަން:
އެއްގަމު ސަރަހައްދުގައި ކުރުން މަނާ ކަންކަން: