ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 346.62
ހިމާޔަތްކުރި ތާރީޙް: 23 ޑިސެންބަރު 2021
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2021/371

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:



ބައުންޑްރީގައި ހިމެނޭ ރަށްތައް: ލ. ފުށި
ލ. ކަނޑަރު
ލ. ކަނުހުރާ

ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

ފުށި ކަނޑު: ށ.ފުށިކަނޑަކީ ހައްދުންމަތީގެ އިރުއުތުރު ބިތުގައިވާ ކަނޑުއޮޅިއެކެވެ. މި ކަނޑުއޮޅި އަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި، ފަރުގެ ވިހާ އާލާވުމަށް ބޭނުންކުރާ، ޑައިވަރުންގެ މެދުގައި މަޤްބޫލު ސަރަހައްދެކެވެ. މި ސަރަހައްދުގައި ބައިނަލްއަޤްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ، ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން، ވެލާ (Green turtles/helonia mydas)، ކަހަނބު (Hawksbill turtles/Eretmochelys imbricate)، އާއި އެންމަނޑި (Reef Manta Ray/Mobula Alfredi) އާއި އެހެނިހެން ބާވަތްތަކުގެ މަޑިއާއި، އެކި ބާވަތްތަކުގެ ވަކުގެ މިޔަރު މި ސަރަހައްދުން ފެންނަ ކަމަށް ރެކޯޑްކޮށްފައިވެއެވެ. ކަނުހުރާ އަދި ފުށިރަށް: މި ރަށަކީ އައިންމަތީ ދޫނި، ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

މި ސަރަހައްދުގައި ހިމެނޭ އެންމެހައި ތަންތަނުގައި ޚާއްޞަ ހުއްދައާއެކު ކުރެވޭނެ ކަންކަން:

  1. ޙިމާޔަތްކޮށްފައިވާ ސަރަހައްދަށް އާއްމުންނާއި ފަތުރުވެރިން ޒިޔާރަތްކުރުން
  2. އިކޯ ޓޫރިޒަމްގެ މަސައްކަތެއް ކުރުން
  3. ދިރާސާ ކުރުން
  4. ރެސްޓޮރޭޝަން ނުވަތަ ރީހެބިލިޓޭޝަންގެ ބޭނުމަށް އެއްވެސް ކަމެއް ކުރުން

މޫދު ސަރަހައްދުގައި ޚާއްޞަ ހުއްދައާއެކު ކުރެވޭނެ ކަންކަން:

  1. ޑައިވްކުރުމާއި ސްނޯކްލްކުރުން
  2. ރާޅާ އެޅުމާއި، މޫދުކުޅިވަރު
  3. މަސްވެރިކަން ކުރުން

އެއްގަމު ސަރަހައްދުގައި ޚާއްޞަ ހުއްދައާއެކު ކުރެވޭނެ ކަންކަން:

  1. ހިކިފަން، ކާށި، ދަރު، މަދު ހޮވުން
  2. ކުޅި، ފާ ޗަސްބިން ހިމެނޭ ސަރަހައްދުގައި، ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން
  3. ކުޅި، ފާ ޗަސްބިމުގައި ހެދޭ ގަސްގަހާގެހިން މޭވާ ފަދަ އެއްޗެތި ބޭނުން، ކެނޑުން ނުވަތަ އުފުރުން
  4. ލަކުޑިއާއި ދަނޑި ކެނޑުން
  5. ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން
  6. ކަކުނި ނެގުން ހިފުން
  7. ބޮނބި ފާކުރުން
  8. ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުން
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް

މި ސަރަހައްދުގައި ހިމެނޭ އެންމެހައި ތަންތަނުގައި ކުރުން މަނާ ކަންކަން:

  1. އެއްވެސް އެއްޗަކަށް ތަނަކަށް ގެއްލުމެއް ނުވަތަ ބަދަލެއް އަތުވެދާނެ އެއްވެސް ޢަމަލެއް ކުރުން
  2. އެއްވެސް އެއްޗެއް ދިރުމެއް ނެގުން، މެރުން، ގޯނާކުރުން، ނުވަތަ ހިފުން
  3. އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ/އަދި ހާއްޔަކަށް ގެއްލުން ދިނުން
  4. ކުނި އެޅުން
  5. އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުން
  6. މިތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަ ކުރުން
  7. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  8. މަސްމަހާމެއްސާއި، ދޫނިސޫފާސޫފި ހިމެނޭގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާންއެޅުން

މޫދު ސަރަހައްދުގައި ކުރުން މަނާ ކަންކަން:

  1. ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި، މައިން ކުރުން
  2. ހިމާޔަތްކޮށްފައިވާ ދިރުންތައް ރޭގަނޑު ދިއްލައިގެން ތިލަކުރުން
  3. ބިން ހިއްކުމާއި ފަޅު ފުންކުރުން
  4. ނަގިލިލުން
  5. ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން
  6. އެކުއާކަލްޗަރ ނުވަތަ މެރިކަލްޗަރ ގެ މަސައްކަތްކުރުން
  7. ގައު، ވެލި، މުރަކަ، އަކިރި ނެގުން
  8. އެއްވެސް" ޕޮލިސްޓެންޓެއް "ދޫކުރުން ނުވަތަ އަދި ބޭރުވާ ގޮތަށް އައުޓްފޯލް ބެހެއްޓުން

އެއްގަމު ސަރަހައްދުގައި ކުރުން މަނާ ކަންކަން:

  1. ގަސްގަހާގެހި ކެނޑުން، އުފުރުން، ގެއްލުންދިނުން
  2. ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
  3. މި ސަރަހައްދުގައި ހިމެނޭ ބާވަތްތައް ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ ގަހެއް އޮށެއް އިންދުން
  4. ކަނޑައެޅޭ ސަރަހައްދުތައް ފިޔަވައި އެހެން ތަނެއްގައި އަލިފާން ރޯކުރުން