ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް >

ލ.ބޮޑުފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު

ސަރަހައްދުގެ ބޮޑުމިން (ހެކްޓަރުން): 706.02
ހިމާޔަތްކުރި ތާރީޙް: 23 ޑިސެންބަރު 2021
އިއުލާން/ގަވާއިދު ނަންބަރު: (IUL)438-ENV/438/2021/371

ޤުދުރަތީ އަދި ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި:



ބައުންޑްރީގައި ހިމެނޭ ރަށްތައް: ލ. ބޮޑުފިނޮޅު

ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަން ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް:

ލ.ވަޑިނޮޅު ކަނޑުއޮޅިއަކީ ހައްދުންމަތީގެ ހުޅަނގު އުތުރު ބިތުގައިވާ ކަނޑުއޮޅިއެކެވެ. މި ކަނޑުއޮޅިއަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ޑައިވަރުންގެ މެދުގައި މަޤްބޫލު ސަރަހައްދެކެވެ. މި ސަރަހައްދަކީ ފާނައާއި މާހުޅުނބުލަނޑާ ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ. އަދި ބައިނަލްއަޤްވާމީގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ، ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން، އެންމަޑި (Reef Manta Ray/Mobula Alfredi)، ކަހަނބު (Hawksbill turtles, Eretmochelys imbricate)، ވެލާ (Green turtles/Chelonia mydas)، އަދި އެކި ބާވަތްތަކުގެ މިޔަރު މި ސަރަހައްދުން ފެންނަ ކަމަށް ރެކޯޑް ކޮށްފައިވައެވެ. މި ސަރަހައްދުގައިވާ ބޮޑު ފިނޮޅަކީ އައިންމަތީ ދޫނި، ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ.


ސަރަހައްދުގައި ކުރުން ހުއްދަ ކަންތައްތައް

ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޚާއްޞަ ހުއްދައަކާއެކު ކުރުން ހުއްދަ ކަންކަން:

  1. ހިމާޔަތްކޮށްފައިވާ ސަރަހައްދަށް އާއްމުންނާއި ފަތުރުވެރިން ޒިޔާރަތްކުރުން
  2. ދިރާސާ ކުރުން
  3. ރެސްޓޮރޭޝަން ނުވަތަ ރީހެބިލިޓޭޝަންގެ ބޭނުމަށް އެއްވެސް ކަމެއް ކުރުން
ސަރަހައްދުގައި ކުރުން މަނާ ކަންތައްތައް

މި ސަރަހައްދުގައި ހިމެނޭ އެންމެހައި ތަންތަނުގައި ކުރުން މަނާ ކަންކަން:

  1. އެއްވެސް އެއްޗަކަށް ތަނަކަށް ގެއްލުމެއް ނުވަތަ ބަދަލެއް އަތުވެދާނެ އެއްވެސް ޢަމަލެއް ކުރުން
  2. އެއްވެސް އެއްޗެއް ދިރުމެއް ނެގުން، މެރުން، ގޯނާކުރުން، ނުވަތަ ހިފުން
  3. އިކޯ ޓޫރިޒަމްގެ މަސައްކަތެއް ކުރުން
  4. ކުނި އެޅުން
  5. އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުން
  6. މިތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަ ކުރުން
  7. އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
  8. މަސްމަހާމެއްސާއި، ދޫނިސޫފާސޫފި ހިމެނޭގޮތަށް، އެއްވެސް ދިރޭ އެއްޗަކަށް ކާންދިނުން ނުވަތަ ކާންއެޅުން
  9. ޢުމްރާނީ ތަރައްޤީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން
  10. ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުން
  11. ފިނޮޅުގައިވާ ގަސްގަހާގެއްސަށް ގެއްލުން ދިނުން، ކޮށުން، ގަހުން ނުވަތަ ރުކުން އެއްވެސް އެއްޗެއް ބިނުން

މޫދު ސަރަހައްދުގައި ކުރުން މަނާ ކަންކަން:

  1. ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި، މައިން ކުރުން
  2. ހިމާޔަތްކޮށްފައިވާ ދިރުންތައް ރޭގަނޑު ދިއްލައިގެން ތިލަކުރުން
  3. ބިން ހިއްކުމާއި ފަޅު ފުން ކުރުން
  4. ނަގިލިލުން
  5. އެކުއާކަލްޗަރ ނުވަތަ މެރިކަލްޗަރ ގެ މަސައްކަތްކުރުން
  6. ގައު، ވެލި، މުރަކަ، އަކިރި ނެގުން
  7. އެއްވެސް "ޕޮލިއުޓެންޓެއް" ދޫކުރުން ނުވަތަ ބޭރުވާ ގޮތަށް އައުޓްފޯލް ބެހެއްޓުން

އެއްގަމު ސަރަހައްދުގައި ކުރުން މަނާ ކަންކަން:

  1. ގަސްގަހާގެހި ކެނޑުން، އުފުރުން، ގެއްލުންދިނުން
  2. ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
  3. މި ސަރަހައްދުގައި ހިމެނޭ ބާވަތްތައް ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ ގަހެއް އޮށެއް އިންދުން
  4. އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ/އަދި ހާއްޔަކަށް ގެއްލުން ދިނުން
  5. އަލިފާން ރޯކުރުން