
© 2023 ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500
އިއުލާން/ގަވާއިދު ނަންބަރު: |
(IUL)438-ENV/438/2021/371
![]() |
ހައްދުންމަތީގެ ދެކުނު ބިތުގައި، ގާދޫ އަދި ހިތަދޫގެ މެދަށް ވާގޮތަށް އޮންނަ ގާދޫ-ހިތަދޫ ކަނޑަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ސަރަހައްދެކެވެ. މި ގޮތުން މި ސަރަހައްދަކީ ފަރުމަހުގެ ބާވަތްތައް ބިސް ދޫކޮށް ވިހާ އާލާވާކަމަށް ރިކޯޑް ކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ވެލާ ކަހަނބުގެ ބާވަތްތަކުގެ ތެރެއިން ވެލާ (Green turtles/Cheloniamydas) އާއި ކަހަނބު (Hawksbill turtles/Eretmochelys imbricate) ގެ އިތުރުން، އެންމަޑި (Reef Manta Rays/Mobula Alfredi)، މާހުޅުނބު ލަނޑާ (Napolean Wrasse/Cheilinus undulates) ހިމެނެއެވެ. އަދި މީގެ އިތުރުން ތަފާތު ބާވަތްތަކުގެ މިޔަރާއި، ފެހުރިހި، އަދި މަޑި މި ސަރަހައްދުން ފެންނަކަމަށް ރިކޯޑް ކުރެވިފައިވެއެވެ. މި ދިރުންތަކަކީ ބައިނަލްއަޤްވާމީގޮތުން ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރުންތަކެއް ކަމުން، މިފަދަ ދިރުންތަކުގެ އާބާދީ ދެމެހެއްޓުމަށް މި ސަރަހައްދު ޙިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވ
ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޚާއްޞަ ހުއްދައަކާއެކު ކުރުން ހުއްދަ ކަންކަން: